ކްލަބް ޔުނިކްގެ "ޔުނިކް ކަޕް 2024″ގައި ބައިވެރިވުމަށް ހުޅުވާލައިފި

ކްލަބް ޔުނިކްގެ "ޔުނިކް ކަޕް 2024″ގައި ބައިވެރިވުމަށް ހުޅުވާލައިފި

ސްޕޯޓްސް ކްލަބް ޔުނިކް އިން އިންތިޒާމުކޮށްގެން ބާއްވަން ހަމަޖެހިފައިވާ ފުޓުބޯޅަ މުބާރާތް "ޔުނިކް ކަޕް 2024″ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސްޕޯޓްސް ކްލަބް ޔުނީކަކީ ތިނަދޫ ސިޓީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ސައުދުﷲ ޙިލްމީގެ މަސްއޫލުވެރިކަމުގެ ދަށުން ހިންގަމުން އަންނަ ހިންގުންތެރި ޖަމިއްޔާއެކެވެ. އެޖަމިއްޔާ އިން މީގެ ކުރިންވެސް ކުޅިވަރުގެ އެކި މުބާރާތްތައް ބާއްވާފައިވެއެވެ.

އެ ކްލަބުން މިއަދު އިއުލާންކުރި "ޔުނިކް ކަޕް 2024″ ފުޓުބޯޅަ މުބާރާތަކީ މަޖިލިސް އިންތިޚާބުގައި މެމްބަރު ސައުދުﷲ ތިނަދޫގެ ޒުވާނުންނަށް ވެވަޑައިގެންނެވި ވައުދުފުޅެކެވެ. މެމްބަރު ވެވަޑައިގެންނެވީ ތިނަދޫގައި ފުޓުބޯޅައިގެ ރޫހު އާލާކޮށް ކުރިއެރުވުމަށްޓަކައި ޒުވާނުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ދައުރުގެ ކޮންމެ އަހަރަކު، 5 އަހަރު ވަންދެން ފުޓުބޯޅަ މުބާރާތެއް ބާއްވާނެ ކަމަށެވެ.

"ސުވަދީބް" އަށް މައުލުމާތު ދެއްވަމުން ކްލަބް ޔުނީކްގެ އޮފިޝަލަކު ވިދާޅުވީ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު 20 ވަނަ ދުވަހު ކަމަށެވެ. އަދި މުބާރާތް ހުޅުވާލާފައިވަނީ މުޅި ހުވަދުއަތޮޅަށް ހުޅުވާލައިގެން ކަމަށާއި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައިވެސް އަތޮޅުން ބޭރުގެ 2 ކުޅުންތެރިން ހިމެނިދާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މިއަހަރު ޔުނިކް ކަޕް ގެ ޗެމްޕިއަން ޓީމަށް ހުށައަޅާފައިވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އެހެން ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި އެ އަދަދު ބޮޑުވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި މުބާރާތް އަންނަ ޑިސެމްބަރު މަސް ތެރޭގައި ފެށުމަށް ތައްޔާރުވެފައިވާއިރު، ޓީމްތައް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 7 ނޮވެމްބަރު 2024ގެ 20:00 އެވެ.

މުބާރާތުގައި ބައިވެރިވުމަށް މައުލޫމާތު ސާފުކުރެއްވުމަށް 7692656 އަށް ގުޅުއްވުމަށް ސްޕޯޓްސް ކްލަބް ޔުނިކުން ވަނީ އެދިފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *