ރާއްޖެއަށް ކުރަމުންދިޔަ ހުޅަނގު މޫސުމުގެ ވިއްސާރަ އަލިވެ، މޫސުން ރަނގަޅުވާން ފަށާފައިވާ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.
މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މެޓް އިން ލަފާ ކޮށްފައިވާ ގޮތުގއި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. އަދި ރާޅުގެ އުސްމިނުގައި 3-6 ފޫޓް ހުންނާނެ ކަމަށް މެޓް އިން ލަފާކޮށްފައިވެއެވެ.
މެޓް އޮފީހުން މިއަދު ވިދާޅުވީ މިއަދުން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށެވެ. ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް މާ ބޮޑު ވިއްސާރައެއް ކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ ނަމަވެސް. މިއަދު އެކި ސަރަހައްދުތަކަށް ބޮޑަށް ކުރާނީ ކެރީގެ އަސަރު ކަމަށް އެ އިދާރާއިން ބުންޏެވެ.
މެޓުން ވިދާޅުވި ގޮތުގައި މިދިޔަ ހަފްތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ޖެހެމުން ދިޔައީ 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. އަދި މިހާރު ވައިޖެހެމުންދަނީ ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެ އެވެ.

