އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކު ތަރައްގީ ކުރަނީ

އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކު ތަރައްގީ ކުރަނީ

އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ނޭޗަރ ޕާކު އައުކުރުމާއި ތަރައްގީ ކުރުމުގެ މަސައްކަތަށް ކުރުމަށް ޔޫއެންޑީޕީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ

މި މަޝްރޫޢަކީ ގްލޯބަލް ފަންޑް ފޯ ކޯރަލް ރީފްސް (ޖީއެފްސީއާރު) އިން ފަންޑުކޮށްގެން ހިންގާ މޯލްޑިވްސް ޕްރީފް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަޝްރޫއުގެ މަގްސަދަކީ އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކު އައުކޮށް، ތަރައްގީ ކުރުމެވެ.

މިގޮތުން ޔޫއެންޑީޕީއާއި ފުވައްމުލަކު ކައުންސިލާއެކު މިހާރު ވަނީ އެއްބަސްވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން – މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވީ، އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމުގެ މުހިންމުކަން އިތުރަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ދެ ސިޓީގެ ފަތުރުވެރިކަމަށާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ސަބަބުން އައްޑޫ އަދި ފުވައްމުލަކުގެ ގުދުރަތީ ރީތިކަން އިތުރަށް ފާހަގަކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް މަގުފަހިވެގެންދާނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *