ކަސްޓަމްސްގެ އިމާރާތް --

ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯގެ ޑްރަގް އަތިލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯގެ ޑްރަގް އަތިލައިގެންފި

ރާއްޖެއެތެރެކުރަން އުޅުނު ޖުމްލަ 3.48 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ

ކަސްޓަމަސް އިން މިއަދު ވިދާޅުވީ، މިތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއައި ފަސިންޖަރެއްގެ ލަގޭޖުންނާއި ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މިގޮތުން އޮކްޓޯބަރު 5 ވަނަ ދުވަހު، ބްރެޒިލް އިން ރާއްޖެއައި، ބްރެޒިލްގެ 33 އަހަރުގެ އަންހެނެއްގެ ލަގޭޖުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ޝައްކުކުރެވިގެން،އެފަސިންޖަރުގެ ލަގޭޖް އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ލަގޭޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެތަކެތި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިނަށް ފައްސިވެފައިވާ ކަމަަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 2.44 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ހަ މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެފައި ވެއެވެ.

އަދި އޮކްޓޯބަރު 7 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާ ފާސްކުރިއިރު، އެ ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެތަކެތި ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިނަށް ފައްްސިވެފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވެފައި ވެއެވެ.

މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1.04 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު މިލިއަނަށް ވުރެ ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

މިމައްސަލަތަކުން އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.48 ކިލޯއަށް އަރައެވެ.

އަދި މި މައްސަލަތައް އިތުރަށް ތަހްގީގު ކުރުމަށް، އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، ބްރެޒިލްގެ ފަސިންޖަރު އަދި ޕޯސްޓް ޕެކޭޖު ބަލާ ކަސްޓަމްސްއަށް އައި، 40 އަހަރުގެ ދިވެހި ފިރިހެނެއް މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއްވައެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *