ރައީސްގެ ދައުވަތު އިންޑިއާގެ އިންވެސްޓަރުންނަށް!

ރައީސްގެ ދައުވަތު އިންޑިއާގެ އިންވެސްޓަރުންނަށް!

މި ސަރުކާރުގެ މައިގަނޑު މަގްސަދަކީ އެކި ދާއިރާތަކުން އިންވެސްޓްކޮށްގެން ރާއްޖެއަށް ބަދަލު ގެނައުން ކަމަށާއި، އެކަން ކުރުމަށް އިންޑިއާގެ އިންވެސްޓަރުންނަށް ދައުވަތު އަރުވާ ކަމަަށް ރައީސް ޑރ. މުހައްްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ

ރައީސް އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ބޭއްވި ބިޒްނަސް ފޯރަމްގައި ވާހަަކަފުޅު ދައްކަވަމުން ރަައީސް ވިދާޅުވީ، އެތައް ގޮތަކުން އިންޑިއާއިން ރާއްްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެތައް އުމްރާނީ މަޝްރޫއުތަކެއްގައިވެސް އިންޑިއާގެ އެހީތެރިކަން ވަަރަށް ބޮޑަށް ލިބިގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން އިންފްރާސްޓްރަކްޗާ އާއި، ސިއްހީ ދާއިރާ އާއި ޓެލެ ކޮމިއުނިކޭޝަނާއި، ތައުލީމީ ދާއިރާއާއި މީހުން ބިނާ ކުރުމުގައިވެސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

"އެކުގައި އަޅުގަނޑުމެންނަށް ވަނީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއާއި ވިޔަފާރީގެ ރޮނގުން ކުރިއެރުން ތަކެއް ފެނިފައި،". ރައީސް ވިދާޅުވިއެވެ.

ރަައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި ޕްރައިވެޓް އިންވެސްޓްމަންޓްގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަަމަށެވެ. އަދި އިގްތިސާދީ ދުވެލި ހަލުވިކުރުމަށާއި، އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ރެޒިލިއަންސް އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމުގައި ޕްރައިވެޓް ސެކްޓަރގެ ހަކާތްތެރި ބައިވެރިވުން ވަރަށް މުހިންމު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް މިފަދަ އިންވެސްޓްމެންޓްތަކަށް ފުރުސަތު ހޯދައިދީ، ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުމަކީ މުހިންމު ކަމެއް ކަަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ވެރިކަމާ ހަވާލުވީ، ތަރައްގީގެ އެޖެންޑާއަކާއެކު، ރާއްޖޭގެ އިގްތިސާދު ބަދަލުކޮށްލުމަށް، މިގޮތުން ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާ ކުރުމާއި، އިގްތިސާދު ސިންދަފާތު ކުރުމަށް އިތުރު ދާއިރާތަކުން އާމްދަނީ ވަންނާނެ ގޮތްތައް ހޯދަން ބޭނުންވޭ. އޭގެ ތެރޭގައި ފައިނޭންޝިލް ސާވިސް އާއި މެރިޓައިމް އާއި ޑިޖިޓަލް އިކޮނޮމީ ދާއިރާ ހިމެނޭ. މި ސަރުކާރުގެ މައިގަނޑު މަސައްކަތަކީ، އެކި ދާއިރާތަކުން އިންވެސްޓްކޮށްގެން، މިހާރަށްވުރެ ރަނގަޅު ނަތީޖާއެއް ރާއްޖެއަށް ހޯދުން،". ރައީސް ވިދާޅުވިއެެވެ.

ރާއްޖޭގެ އިގްތިސާދުގައި ހުރި ފުރުސަތުތައް ހޯދައި އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް، އެންމެންނަށް ދައުވަތު އަރުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކާއެކު، ފޮރިން އިންވެސްޓްމެންޓް ގާނޫނަށް ބަދަލު ގެނެސްފައިވާކަން ހާމަ ކުރައްވާފައެވެ. މިއީ ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ އުސޫލުތަކާއި، އެފަދަ ފަރާތްތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދަ ދޫކުރުމާގުޅޭ އުސޫލުތަކާއި، އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ޙިމާޔަތާއި ރައްކާތެރިކަމާގުޅޭ އުސޫލުތައް ހިމެނޭ ގޮތަށް ބަދަލު ގެނެސްފައިވާ ގާނޫނެކެވެ.

އަދި އިންޑިއާއިން އިތުރު ފަތުރުވެރިން ގެނެސް، ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން ބޭނުންވާ ކަަމަށްވެސް ރައީސް ވިދާޅުވިއެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *