މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްްީކުރުމާއި ބެހޭ ވުޒާރާއިން، ހާމަ ކުރިގޮތުގައި މިއަހަރުގެ މިހާތަނަށް 300 ށްއަ ވުރެ ގިނަ ސްކޮލަޝިޕްގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ
މި އަހަރު މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވުޒާރާއިން ޖުމްލަ 53 ސްކޮލަޝިޕް ސްކީމެއް އިއުލާންކޮށްފައިވާއިރު، ޖުމްލަ 345 ސްކޮލަޝިޕްގެ ފުރުސަތުތަކެއް ވަނީ ހުޅުވާލާފައެވެ. މި ސްކޮލަޝިޕް ފުރުސަތުތަކުގެ ދަށުން މި އަހަރު، ޖުމްލަ 681 ދަރިވަރުން ދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރަމުންނެވެ.
މިނިސްޓްރީން މި އަހަރު އިއުލާނުކުރި ސްކޮލަޝިޕް ސްކީމްތަކުގެ ތެރޭގައި މަތީ ސާނަވީ އިމްތިހާނުތަކުން އެއްވަނަ ދަރަޖައިގެ ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕް، ހައި އެޗީވާސް ސްކޮލަރޝިޕް އަދި އެކައުންޓިން ސްކޮލަރޝިޕް ހިމެނެއެވެ.
މީގެ އިތުރުން، ޗައިނާ، ތުރުކީ، އިގިރޭސިވިލާތް އަދި ޖަޕާން ފަދަ ބޭރުގެ ޤައުމުތަކުގެ ޚަރަދުގައި، ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމު ހާޞިލުކުރުމާއި ތަމްރީނުވުމަށް ސްކޮލަޝިޕްގެ އެތައް ފުރުޞަތުތަކެއް ވެސް ވަނީ ހުޅުވާލެވިފައިވާ ކަމަށް މިނިސްޓްރީއިން މައުލޫމާތު ދެއްވައެވެ.
މި ސްކޮލަޝިޕްތަކުގެ ސަބަބުން ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިވެ، ޤައުމަށް ބޭނުންވާ ދާއިރާތަކުން ތަމްރީނުވެފައިވާ މީހުން އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ސަރުކާރުން މަތީ ތަޢުލީމަށް ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ވެސް ފާހަގަކުރެވެއެވެ.
ތުރުކީން ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދުމާ ގުޅޭ ގޮތުން އެ ގައުމުގެ އޮސްޓިމް ޓެކްނިކަލް ޔުނިވަސިޓީއާ އެކު އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ.

