މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހެނީ -- ފޮޓޯ: ވަގުތު

ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ގޯސްވާނެ، ސަމާލުވޭ!

ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ގޯސްވާނެ، ސަމާލުވޭ!

ކުރިއަށް އޮތް ފަސް ދުވަސް މޫސުން ގޯސްވެދާނެތީ، ރާައްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ސަމާލުވާން އެދިއްޖެއެވެ.

ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކޮށް މެޓް އިން ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ދެކުނު ސަރަހައްދުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، މުޅި ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

މެޓުން ވިދާޅުވީ ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލާއި 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެއެވެ.

ކަނޑު ދަތުރުކުރާ ފަރާތްތަކުން އެއްވެސް ދަތުރައް ފެށުމުގެ ކުރިން މޫސުމުގެ އެންމެ ފަހުގެ އަޕްޑޭޓްތައް ހޯދައިގެން ފުރުމަށް މެޓުން އިލްތިމާސް ކުރެއެވެ.

މެޓް އޮފީހުން ނެރުނު ސަމާލުގައި ވިދާޅުވެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މިއަދު ހެނދުނު 11:00 އިން މެންދުރު 15:00 އަށް ރީނދޫ ސަމާލު ނެރޭ ކަމަށެވެ. ހަމައެއާއެކު މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރުނީ މިއަދު ހެނދުނު 7:45 އިން 13:45 އަށެވެ. ހުދު ސަމާލުގައި ބުނެފައިވަނީ މި ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *