މޫސުން ގޯސްވެ ކަނޑުތައް ގަދަވެފައި -- ފޮޓޯ: ވަގުތު

ކަނޑުތައް ވަރަށް ގަދަވާނެ، ބޮޑުބަޔަކަށް ރީނދޫ ސަމާލު!

ކަނޑުތައް ވަރަށް ގަދަވާނެ، ބޮޑުބަޔަކަށް ރީނދޫ ސަމާލު!

ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.

އެ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. އެ ސަމާލުގެ މުއްދަތަކީ މިއަދު 11:00 އިން 15:00 އާ ދެމެދު އެވެ.

އެ އޮފީހުން ބުނެފައިވަނީ އެ މުއްދަތުގައި ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު މޫސުން ގޯހެވެ. އެހެންވެ، މެޓް އޮފީހުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް އެލާޓް ނެރެމުންނެވެ. ހއ. އިން ލ. އަތޮޅަށް ރީނދޫ ސަމާލު ނެރުނު އިރު މުޅި ރާއްޖެއަށް އެ އިދާރާއިން ނެރުނު ހުދު ސަމާލުގެ މުއްދަތު އޮތީ 13:45 އާ ހަމައަށެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *