ނުކުޅެދުންތެރިކަން ހުންނަ ފަރާތްކަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ގުޅިގެން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ހުޅުވާލި ދަސްވާރު ޕްރޮގްރާމް ފަށައިފިއެވެ
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދަސްވާރު ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމަލީ މަސައްކަތުގެ ތަޖުރިބާއާއި ހުނަރު ތަރައްގީ ކުރުމުގެ ފުރުސަތުތައް ހޯދައިދީ ބާރުވެރިކުރުވުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ތައުރީފު ކުރަންޖެހޭ ޕްރޮގްރާމެކެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ގުޅިގެން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ދަނީ ދިވެހީރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރުދުންގެ ވަޒީފާގެ ފުރުސަތު އަދި ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ.
މެއިންޓެނަންސް، ލޮޖިސްޓިކްސް، ސޭލްސް އެންޑް މާކެޓިން، ޕްރޮޖެކްޓްސް، އަދި ރޯޑް މެއިންޓެނަންސް ފަދަ އެކި ޑިޕާޓްމަންޓްތަކުގައި އިންޓަރންޝިޕްތައް ހިމެނޭ މި ޕްރޮގްރާމްގެ އޮނިގަނޑުގެ ސަބަބުން ބައިވެރިންނަށް އެކި ދާއިރާތަކުން އަގުހުރި ވިސްނުންތަކާއި އަތްމަތީގެ ތަޖުރިބާ ލިބިގެންދެއެވެ. މަހަކު 5،000ރ އެލަވަންސް އެއްވެސް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ހާމަ ކުރެއެވެ.
މި ޕްރޮގްރާމްގެ އަސާސީ މަގްސަދަކީ ކޮންމެހެން ބޭނުންވާ ހުނަރުތައް ތަރައްގީކޮށް، ޝައުގުވެރިވާ ދާއިރާތައް ދެނެގަތުމަށް އެހީތެރިވެދީ، މަސައްކަތުގެ މާހައުލަށް ބައިވެރިން ތައްޔާރުކުރުމެވެ. އަދި އިންކްލޫސިވް ވޯކް އެންވަޔަރަންމަންޓެއް އުފެއްދުމުގެ ސަބަބުން މި ޕްރޮގްރާމްގެ މަގުސަދަކީ ދާއިމީ ވަޒީފާގެ ފުރުސަތުތައް އުފެއްދުމާއި ތަފާތު ހުނަރުތައް ވޯކްފޯސް އަށް އިންޓަގްރޭޓް ކުރުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހި ކުރުމަށް އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ހުރިހާ ފަރުދުންނަށް ވެސް ކަރާމާތްތެރި އަދި ފުރިހަމަ ދިރިއުޅުމެއް އުޅެވޭނެ ރަނގަޅު ފިޔަވަޅެކެވެ. މި އިސްނެގުމަކީ މުޖުތަމައުގެ ހުރިހާ އެންމެންނަށްވެސް އިންކްލޫސިވިޓީ އާއި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް މުޖުތަމައުގެ ފުޅާ މަސައްކަތެއް ދައްކުވައިދޭ ކަމެކެވެ.

