ރައީސް ޑރ. މުއިއްޒު އިންޑިއާ ބޮޑުވަޒީރު މޯދީއާއެކު

ރައީސް މުއިއްޒު މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

ރައީސް މުއިއްޒު މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

އިންޑިއާގެ ރައީސް ދުރުފަދީ މުރުމޫގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ އާދިއްތަ ދުވަހު އިންޑިއާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒު އިންޑިއާއަށް ވަޑައިގަންނަވަނީ ފުރަމާނަ ދަތުރުފުޅެއްގައި އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ރައީސްގެ އެ ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރުޕަދީ މުރުމޫ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އެ ގައުމުގެ އިސްވެރިންނާ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ، ތިމާވެއްޓާ ބެހޭ ބައިނަލްއަގްވާމީ މަހާސިންތާ "ކޮޕް-28″ ގެ ހަވާސާގައި، މިދިޔަ ޑިސެމްބަރު މަހު އިންޑިއާގެ ބޮޑު ވަޒީރާ ބައްދަލުކުރައްވައިފައެވެ. އަދި މިއަހަރު ޖޫން މަހު 9 ވަނަ ދުވަހު، އިންޑިއާގެ ބޮޑު ވަޒީރާއި އާއި ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ރައީސާ ބައްދަލުކުރައްވައިފައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒު އިންޑިއާ އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި، ދިވެހި ވަފްދުގެ މެހްމާންދާރީގެ ހުރިހާ ކަންކަންވެސް ހަމަޖައްސަވައިދެއްވާނީ އިންޑިއާ ސަރުކާރުގެ ފަރާތުން ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *