އާސަހަރާ ހުޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

މަރާމާތަށްފަހު މާލޭގެ އާސަހަރާ މިސްކިތާއި ހިނަވާގެ ހުޅުވައިފި

މަރާމާތަށްފަހު މާލޭގެ އާސަހަރާ މިސްކިތާއި ހިނަވާގެ ހުޅުވައިފި

މާލެ ސިޓީގެ އާ ސަހަރާ މިސްކިތާއި ހިނަވާގެ ހުޅުވައިފިއެވެ

ސަހަރާގެ މިސްކިތާއި ހިނަވާގެ ހުޅުއްވައި ދެއްވީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި މާލެ ސިޓީގެ މިހާރުގެ މޭޔަރު އާދަމް އާޒިމެވެ. އެ ރަސްމިއްޔާތުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ، މަރާމާތުކުރުމަށް ބަންދުކުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ​​​​އެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި ވަނިކޮށް، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، އެ މަސައްކަތް ނިންމެވުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ފެއްޓެވީ، މި އަހަރުގެ ޖެނުއަރީ މަހުގައި ކަމަށެވެ.

އެ މަސައްކަތާ، ކުރިން ހަވާލުވި ދެ ކޮންޓަކްޓަރުންނަށް، ފައިސާ ދިން ނަމަވެސް މަސައްކަތް އެދެވޭ ގޮތެއްގައި ކުރިޔަށް ނުދިއުމުގެ ސަބަބުން ކޮންޓްރެކްޓް ބާތިލްކޮށް އާ ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކުރެއްވި ކަމަށް ކައުންްސިލުން ވިދާޅުވިއެވެ. އޭގެ އިތުރުން އާޒިމް އިސްނެގުވުމާއި، މަސައްކަތުން ވަރަށް ގިނަ ފަރާތްތަކުގެ ދީލަތި އެހީތައް، އެ މަސައްކަތަށް ހޯއްދެވި ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

އެގޮތުން އެ މަސައްކަތަށް އެހީ ދެއްވި ފަރާތްތަކަކީ، އެލިއާ އިންވެސްޓްމެންޓް، އެޕޯލޯ އިންވެސްޓްމެންޓް، ހައިމަން ކޮންސްޓްރަކްޝަން، ބީ 6 ކޮންސްޓްރަކްޝަން، ޕްރޯ އޭސީ އިންޖިނިއަރިން ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

އާސަހަރާ މިސްކިތާއި އާ ސަހަރާ، މަރާމާތަށް ފަހު، އަލުން ހުޅުވުމުން، މަލެ ސިޓީގެ، މާލެ އާއި ވިލިމާލޭގައި ނިޔާވާ މީހުންގެ ޖަނާޒާ ބޭއްވުމަށް، ހުޅުމާލެއަށް ގެންދިއުމަށް، އުފުލަން ޖެހުނު ތަކުލީފުތަކަށް ނިމުމެއް އަންނާނެ ކަމަށާއި އެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށް ވެސް ކައުންސިލުން ވިދާޅުވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *