މީރާ ހުންނަ އިމާރާތް - ފޮޓޯ: އެޑިޝަން

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހުޅުވާލައިފި

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހުޅުވާލައިފި

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން އޮކްޓޯބަރ 16 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަަމަށެވެ.

މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިހާރު އެ މަގާމުގައި ހުންނެވި އަސްމާ ޝަފީއުގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ،

މިކަމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނަނީ ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *