ފިޝަރީޒް މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ. ---

ސައުދީއަށް މަސް އެކްސްޕޯޓުކުރުމަށް މަގުފަހިވާ އެއްބަސްވުމެއްގައި ސޮއިކުރަނީ

ސައުދީއަށް މަސް އެކްސްޕޯޓުކުރުމަށް މަގުފަހިވާ އެއްބަސްވުމެއްގައި ސޮއިކުރަނީ

ރާއްޖެއިން ސައުދީއަށް މަސް އެކްސްޕޯޓްކުރުމަށް މަގުފަހިވާ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެ ގައުމުން ނިންމާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ ސައުދީއިން ރާއްޖެ އާއިއެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ އެއްބަސްވުމާއިއެކު މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރި އަރާނެ ކަމަށާއި އަދި ސައުދީއަށް މަސް އެކްސްޕޯޓްކުރުމަށް ދޮރުތައް ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެ އެއްބަސްވުމުގައި މެރިން ސެކްޓާއަށް އިންވެސްޓްމަންޓްތައް ހޯދުމުގެ އިތުރުން ސީފުޑް މާކެޓް ކުރި އެރުވުން ވެސް ހިމެނޭ ކަމަށެވެ.

އަދި ރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް ސައުދީއަށް އެކްސްޕޯޓް ކުރުމުގެ މަގުތައް ހުޅުވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެ އެމްއޯޔޫގައި ސޮއިކުރަން ސައުދީން ނިންމުމާ ގުޅިގެން ޝިޔާމް ވަނީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒަށް ޝުކުރު އަދާ ކުރެއްވާފައެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *