ވަޒީރުކަމާ ހަވާލުވެވަޑައިގެން އެންމެ ޚަލީލް ފުރަތަމަ ވެސް ބައްދަލުކުރެއްވީ އިންޑިއާ ސަފީރާ

ވަޒީރުކަމާ ހަވާލުވެވަޑައިގެން އެންމެ ޚަލީލް ފުރަތަމަ ވެސް ބައްދަލުކުރެއްވީ އިންޑިއާ ސަފީރާ

ހާރިޖީ ވަޒީރު ކަމާއި ހަވާލުވަޑައިގެން ޑރ. އަބްދުﷲ ހަލީލް އެންމެ ފުރަތަމަ ވެސް އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި ބައްދަލުކުރައްވައިފިއެވެ

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ހަލީލް ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާއި ބައްދަލުވެވަޑައިގަތުމުން ވަރަށް އުފާވާ ކަމަަށެވެ.

" މިއީ މަގާމާއި ހަވާލުވި ފަހުން ސަފީރަކާއި ބައްދަލުކުރެވުނު ފުރަތަމަ ފަހަރު. މި ބައްދަލުކުރުމުގައި ދެ ގައުމުގެ ގުޅުމާއި ގުޅޭގޮތުން ވާހަކަތައް ދެކެވުނު. އަދި މިހާރު ދެ ގައުމުގެ މެދުގައި ކުރިއަށްދާ މަސައްކަތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރެވުނު." ހަލީލް ވިދާޅުވިއެވެ.

އޭގެއިތުރުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރެއްވި ކަމަށް ހަލީލް ވިދާޅުވިއެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން އިންޑިއާގެ ސަފީރު ވިދާޅުވީ ވަރަށް ގިނަ މަޝްވަރާތައް ކުރެވުނު ކަމަށެވެ. އަދުި ވަޒީރު ހަލީލާއި އެމަނިކުފާނުގެ ޓީމާއެކުގައި ގާތުން މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހާރިޖީ ވަޒީރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރް މާލީ ވަޒީރަކަށް އައްޔަން ކުރައްވައި، ސިއްހީ ވަޒީރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ޙަލީލް ހާރިޖީ ވަޒީރަކަށް އައްޔަން ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ. އެ ބަދަލު ގެންނެވި ވަކި ސަބަބެއް ސަރުކާރުން ހާމައެއްނުކުރައްވައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *