ހަތް ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

ހަތް ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންނަށް އަމާޒުކޮށް ބާއްވާ 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފިއެވެ،

ސީއެޗްއެސްއީގައި އިއްޔެ ފެށި މި ކޮންފަރެންސުގައި 250 ފަރާތެއް ބައިވެރިވެއެވެ. މިއީ ކޮންމެ ދެ އަހަރުން އެއް އަހަރު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ކޮންފަރެންސްއެކެވެ. މި އަހަރުގެ ކޮންފަރެންސް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ވަނީ ހުރިހާ ދަރިވަރުންނަށް ވެސް ހަމަހަމަކަމާއެކު، ތަފާތުކުރުމެއް ނެތި، ޝާމިލުވެއްޓެއްގައި ތަޢުލީމު ޙާޞިލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވަނީ އުނގެނުމާއި އުނގަންނައިދިނުމަށާއި، ތައުލީމު ފޯރުކޮށްދިނުމުގައި ހުރި ހުރަސްތައް ނައްތާލުމަށް ދިރާސާތައް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މި ދިރާސާތަކުގެ ސަބަބުން މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި ދަރިވަރުންނަށް ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިއަހަރު މި ކޮންފަރެންސްގައި ބައިވެރިވުމަށް 250 ފަރާތަކުން ރަޖިސްޓަރކޮށްފައިވެއެވެ. އަދި 60 ދިރާސާ ކަރުދާހާއި، 4 ކޭސް ސްޓަޑީ ހުށަހެޅުމުގެ އިތުރުން، 2 ކީނޯޓާއި، 2 ޕެނަލް ޑިސްކަޝަން ކުރިއަށްދާނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *