ރައީސް މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ފެންބޮޑުވި ހާދިސާއާ ގުޅިގެން ރައީސް މުއިއްޒުގެ ހަމްދަރްދީގެ މެސެޖެއް ނޭޕަލަށް

ފެންބޮޑުވި ހާދިސާއާ ގުޅިގެން ރައީސް މުއިއްޒުގެ ހަމްދަރްދީގެ މެސެޖެއް ނޭޕަލަށް

ނޭޕާލަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން ގިނަބަޔަކު މަރުވި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަމްދަރްދީގެ މެސެޖެއް އެ ގައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީއަށް ފޮނުއްވައިފިއެވެ.

ހުކުރު ދުވަހުން ފެށިގެން ނޭޕާލްގެ އިރުމަތީ އަދި މެދުތެރޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، ބައެއް ކޯރުތަކުގައި ފެންބޮޑުވެފައި ވެއެވެ. އަދި އެ ގައުމުގެ ހައިވޭ ތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެ ގައުމުގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި ކަތުމަންޑޫ ވާދީއަށް ހޮނިހިރު ދުވަހުގެ ހެނދުނުގެ ނިޔަލަށް 240 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

މި ވިއްސާރައާ ގުޅިގެން މަރުވި މީހުންގެ އަދަދު 200 އަށް އަރާފައިވާއިރު، ގެއްލުނު މީހުންގެ އަދަދު 28 އަށް އަރައެެވެ.

އެ ހާދިސާއާ ގުޅިގެން ރަައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޭޕާލްގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެފައިވާތީ އެކަމާ ހިތާމަކުރާ ކަަމަށެވެ.

އަދި ރައީސްގެ މި މެސެޖްގައި އެމަނިކުފާނު ވަނީ ބޮޑުވަޒީރާއި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައެވެ.

"އަޅުގަނޑު އެދެނީ ޒަހަމްވި މީހުންނަށް އަވަސް ޝިފާއެއް ލިބި، ގެއްލުނު މީހުން ފެންނާނެ ކަމަށް އުއްމީދު ކުރަން. މި އުނދަގޫ ބޮޑު ދަނޑިވަޅުގައި، ރާއްޖެ އަޮތީ އަވަށްޓެރި ނޭޕާލާއެކު،". ރައީސް ވިދާޅުވިއެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *