މާލެއިން ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ނުފެނޭ

މާލެއިން ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ނުފެނޭ

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ކ. މާލެ / ގ. ޑްރީމްހައުސް، ޙަސަން ރުޝްދުﷲ (53އ) އެވެ. އޭނާ ގެއްލިގެން ހޯދާތާ މިއަދަށް ވަނީ 27 ދުވަސް ވެފައެވެ.

ފުލުހުން ބުނެފައިވަނީ ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ މާރިޗު މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައިކަމަށެވެ. ފުލުހުންނަށް މިކަން ރިޕޯޓްކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ހޯދިފައެއް ނުވެއެވެ.

ޙަސަން ރުޝްދުﷲ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *