މާލޭ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އޮފީހުން ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ފުލުހުން ހޯދައިފިއެވެ.
މި ޑިސެމްބަރ މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު ހުށަހެޅި އެ މައްސަލައާ ގުޅިގެން އެ ތަކެތި ހޯދާފައިވަނީ ޑިސެމްބަރ 13 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައެވެ. ގަލޮޅު ޕޮލިހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެ ތަކެތި ހޯދާފައިވަނީ މާލޭގެ ހަނި ގޯޅިގަނޑެއްގައި ފޮރުވާފައިހުއްޓައެވެ.
އެގޮތުން، އެ އޮފީހުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ޕްރޮޖެކްޓަރަކާއި ދެ ލެޕްޓޮޕާ އަދި ލެޕްޓޮޕްގެ ދެ ޗާޖަރު ހޯދާފައިވެއެެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.
މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

