ޓެކްސީއެއްގައި މަސްތުވާތަކެތި ގެންދަނިކޮށް ހުއްޓުވައި އޭގައި ހުރި ގިނަ އަދަދެއްގެ ޑްރަގްސް އަތުލައިގެންފިއެވެ.
ޑްރަގްސް އަޅާފަައި ހުރި 25 ވަރަކަށް ޕެކެޓް ޓެކްސީން ނަގައި މަގުމަތީގައި އަތުރާފައި ހުއްޓާ ވަނީ ފެނިފަ އެވެ. އާންމު ގޮތެއްގައި މިހެން ހުންނަ ޕެކެޓެއްގައި ކިލޯއެއްގެ ބަރުދަން ހުރެ އެވެ.
އަތުލައިގަތީ ކޮން ބާވަތެއްގެ ޑްރަގްސްއެއް ކަމެއް އަދި ނޭނގެ އެވެ. ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ބަޔަކު ހުއްޓުވައި ފާސްކުރަމުން ގެންދާކަން ފިޔަވައި އިތުރު މައުލޫމާތެއް މިވަގުތު ދެވެން ނެތް ކަމަށެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި މި ފަހުން ފުލުހުން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. ކަނޑުމަގުން އެތެރެކުރަނިކޮށް މި އަހަރުގެ މިހާތަނަށް ވަނީ 300 ކިލޯ އަށް ވުރެ ގިނަ ޑްރަގްސް އަތުލައިގެންފަ އެވެ.

