ފެލިވަރުގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި

ފެލިވަރުގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި

ޅ.ފެލިވަރުގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފެލިވަރު ބިން ހިއްކުމާއި, ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް ފެށީ އިއްޔެގައެވެ.

މި މަސައްކަތް ފަށާފައިވާކަމުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން މިއަދު ބުނީ, މި މަސައްކަތުގައި އެ ކުންފުނިން ބޭނުންކުރާނީ ކަޓަރ ސަކްޝަން ޑްރެޖަރ – ޖައްރާފާ 2 ކަމަށެވެ.

މި މަޝްރޫޢަކީ 113.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 350 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން ހަ ހެކްޓަރުގެ ބިން ހިއްކުމަށާއި, 229,663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ.

ހަމައެހެންމެ 220 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށާއި, 148 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ވެސް ހަމަޖެހިފައިވެއެވެ. ހަމައެހެންމެ 270 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *