ދަރަނބޫދޫ ބަނދަރުގެ 88 އިންސައްތަ ނިމިއްޖެ

ދަރަނބޫދޫ ބަނދަރުގެ 88 އިންސައްތަ ނިމިއްޖެ

ފ. ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 88 އިންސައްތަ ނިމިފައިވާ ކަމަށާއި، ބަނދަރުގެ ބްރިޖް އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އަދި ބޭރުތޮށި ލުމުގެ މަސައްކަތުގެ 83 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މިމަޝްރޫއުގެ ދަށުން، 46,600 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 410 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 64 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2500 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 40.2 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *