ރާއްޖޭގެ ކަނޑޫފާތައް މަރުވާ މައްސަލައިގައި ދިރާސާއެއް ކުރުމަށް އިންޑިއާގެ ޓީމެއް ރާއްޖެއަށް

ރާއްޖޭގެ ކަނޑޫފާތައް މަރުވާ މައްސަލައިގައި ދިރާސާއެއް ކުރުމަށް އިންޑިއާގެ ޓީމެއް ރާއްޖެއަށް

ރާއްޖޭގެ ކަނޑޫފާތައް މަރުވާތީ އެކަމާ ގުޅޭގޮތުން ދިރާސާކޮށް، ހައްލެއް ހޯދަން އިންޑިއާގެ ހާއްސަ ޓީމެއް އިއްޔެ ރާއްޖެ އަތުވެއްޖެއެވެ.

މި ދަތުރުގައި ބައިވެރިވަނީ ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ސީޔޫއެސްއޭޓީ) ގެ ހަތަރު ބޭފުޅުންނާއި އީޕީއޭގެ ބޭފުޅުންނެވެ. މި ޓީމު ހއ. ކެލާ އާއި ކުޅުދުއްފުށި ސިޓީ އާއި ހއ. ކޭލަކުނާއި ހދ. ވައިކަރަދޫ އާއި ހދ. ނޭކުރެންދޫ އާއި ށ. ގޮއިދޫ އާއި ށ. ފޭދޫ އާއި އަދި ނ. ކެނދިކޮޅުދޫން ގަސްގަހާގެހި، ސޫފާސޫފި އަދި ސެޑިމެންޓްސްގެ ސާމްޕަލް ނަގާނެއެވެ.

އެ ޓީމުން އިއްޔެ ވަނީ އެންވަޔަރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ސަރުކާރުގެ ބައެއް އެހެން އިސްވެރިންނާ ބައްދަލުކޮށްފައެވެ.

އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، މި ޓީމުން ކަނޑޫފާތަކަށް ޒިޔާރަތްކޮށް، ސާވޭތައް ހަދައި ސާމްޕަލް އެއްކުރުމުގެ މަސައްކަތް ފަށާނީ މިއަދު ކަމަށެވެ. އެގޮތުން ކެލާ، ކުޅުދުއްފުށި، ކޭލަކުނު، ވައިކަރަދޫ، ނޭކުރެންދޫ، ގޮއިދޫ، ފޭދޫ އަދި ކެނދިކުޅުދޫގެ ކަނޑޫފާތަކަށް ދާ ގޮތޮށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ ޓީމުން ސާމްޕަލްތައް މޯލްޑިވްސް ފުޑް ޑްރަގް އޮތޯރިޓީގެ ނެޝަނަލް ލެބްގައި ތަހުލީލުކޮށް ޓެކްނިކަލް ރިޕޯޓެއް ނެރޭނެ އެވެ. މި ރިޕޯޓްގައި ކަނޑޫފާތަށް މަރުވާ ސަބަބުގެ އިތުރުން އަދި، ކަނޑޫފާ ސަރަޙައްދުތައް ބަލަހައްޓާ، އެ ސަރަޙައްދުތައް ރިހެބިލިޓޭޓް ކުރުމަށް މުސްތަގުބަލުގައި އަމަލުކުރާނެ ގޮތްތައް ވެސް ހިމަނާނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *