ކ. ގިރިފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އަމަލީ މަސައްކަތް ފެށުމަށްޓަކައި 5 ޑިސެމްބަރ 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއވެެ.
ގިރިފުށީ ބަނދަތު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޓް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްއިން އެކުންފުންޏާއި ހަވާލުކޮށްގެން ގެންދާ މި މަޝްރޫއަކީ 18.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މިމަޝްރޫއުގެ ދަށުން 268 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 46 މީޓަރުގެ ސަރަހައްދެއްގައި ނެރު ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

