ކޮވިޑްގެ އާ ވޭރިއަންޓު ފެނުނީ މިދިޔަ މަހު އައި އެފްރިކާ ފަތުރުވެރިއެއްގެ ގައިން

ކޮވިޑްގެ އާ ވޭރިއަންޓު ފެނުނީ މިދިޔަ މަހު އައި އެފްރިކާ ފަތުރުވެރިއެއްގެ ގައިން

ކޮވިޑް-19 ގެ އާ ވޭރިއަންޓު އޮމިކްރޯން ރާއްޖެއިން ފެނިފައިވަނީ، މިދިޔަ މަހުގެ 21 ވަނަ ދުވަހު ރާއްޖެ އައި އެފްރިކާގެ ފަތުރުވެރިއެއްގެ ގައިން ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ކޮވިޑް-18 ގެ އާ ވޭރިއަންޓް ކަމުގައިވާ އޮމިކްރޯން އަކީ "ޓޭރިއަންޓް އޮފް ކޮންސަރން" އެެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ ކަނޑައަޅާފައިކަމަށެވެ. އަދި ދެކުނު އެފްރިކާއިން ރިޕޯޓުކޮށްފައިވާ އޮމިކްރޯން ވޭރިއަންޓަކީ މިހާތަނަށް ފެނިފައިވާ ވޭރިއަންޓްތަކަށްވުރެ ގިނަ މިއުޓޭޝަންތަކެއް ހިމެނޭ ވޭރިއަންޓެއް ކަމަށާއި، މިއީ އިތުރު ނުރައްކާތެރިކަމާ ކުރިމަތިވެދާނެ ވޭރިއަންޓެއް ކަން ފާހަގަކޮށް މިވޭރިއަންޓާމެދު އިތުރު ސަމާލުކަން ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ގޮވާލައްވާފައެވެ.

އަދި ޤައުމުތަކުން ވޭރިއަންޓް ދެނެގަތުމަށް ޓެސްޓުކުރުމަށާއި ބަލި ފެތުރުމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް ވަނީ ގޮވާލާފައެވެ. މި ވޭރިއަންޓާބެހޭ ގޮތުން އިތުރު ދިރާސާތައް ކުރެވި ކަމާބެހޭ އެއްކުރުމަށް ފަންނީ މަސައްކަތްތައް ކުރެވެމުން ދާއިރު މި ވޭރިއަންޓް ފެނިފައިވާ ޤައުމުތަކުގައި ބަލި ފެތުރުން އިތުރުވަމުންދާ ކަމުގައިވެސް މައުލޫމާތު ލިބެމުންދެއެވެ. މިހާތަނަށް ރާއްޖެއާއެކު 46 ވައިރަސް ފެނިފައިވާ ކަމަށް މިހާރު ރިޕޯރޓް ކޮށްފައިވެއެވެ.

ދިވެހި ރާއްޖެއިންވެސް މިހާރު މިވަނީ މި ވޭރިއަންޓް ފެނިފައިކަމަށާއި، ރާއްޖެއިން ފެނިފައިވާ މިކޭސްއަކީ ސައުތު އެފްރިކާއިން ރާއްޖެއަށް ނޮވެމްބަރ 21 ގައި ޒިޔާރަތްކޮށްފައިވާ ޓުއަރިސްޓެއްކަމަށެވެ. މިކޭސްގެ ވޭރިއަންޓާބެހޭ މައުލޫމާތު ލިބިފައިވަނީ ވޭރިއަންޓް ދެނެގަތުމަށްޓަކައި ޖިނޯމިކް ސިކުއެންސިންގ ހެދުމަށް ރާއްޖެއިން ބޭރަށް 30 ނޮވެމްބަރގައި ފޮނުވުނު ސާމްޕަލްތައް ޓެސްޓުކުރުމުންކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ޖިނޯމިކް ސިކުއެންސިން ހެދުމަށްޓަކައި ޤަވާއިދުން ވަކި އަދަދެއްގެ ސާމްޕަލްތައް ޑަބްލިއު.އެޗް.އޯގެ އެހީގައި ދަނީ ޓެސްޓުކުރަމުންނެވެ. ރާއްޖެއިން ޖިނޯމިކް ސިކުއެންސިން ހެދިފައިވާ ސާމްޕަލްތަކުގައި އާންމުކޮށް ފެނިފައިވަނީ ޑެލްޓާ ވޭރިއަންޓެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *