ހޯނޑެއްދޫ ސްކޫލްގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޝެޝަނެއް ފުލުހުން ގެންގޮސްފި

ހޯނޑެއްދޫ ސްކޫލްގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޝެޝަނެއް ފުލުހުން ގެންގޮސްފި

ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަނުން އެއަތޮޅު ހޯޑެއްދޫ ސްކޫލުގެ ބެލެނިވެރިންނަށް ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުން ކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިމަހުގެ 2 ވަނަ ދުވަހު ހޯޑެއްދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ އެސެޝަންގައި ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުން ކުރުމަކީ ކޮބައިކަމާއި އިންޓަރނެޓްގެ ޒަރިއްޔާއިން ހިންގާ ކުށްތަކާ ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ. އަދި މިހާރަކަށް އައިސް މީސް މީޑިއާގެ ޒަރިއްޔާއިން ކުޑަކުދިންނަށް އަމާޒުކޮށް ގިނަ ކުށްތަކެއް ހިންގަމުންދާކަމާއި އެކުށްތަކުން ކުދިން ރައްކާތެރިކޮށް ސަލާމަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން ކުދިން އިންޓަރނެޓް ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމާއި އިންޓަރނެޓް މެދުވެރިކޮށް ހިންގާ އެކިއެކި ކުށްތަކާއި ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުންކުރާނެ ގޮތްތަކާއި އެކުދިންގެ ކިބައިން އެފަދަ ކަމެއް ފެނިއްޖެނަމަ ކުދިން ރައްކާތެރިކުރުމަށް ޢަމަލުކުރަންވީ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

ހޯޑެއްދޫ ކައުންސިލުން އެދިގެން ރަތަފަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ ސެޝަންގައި ހޯޑެއްދޫ ސްކޫލްގެ 45 ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *