ކޮވިޑްގެ އާވައްތަރު އޮމިކްރޯން ރާއްޖެއިން ފެނިއްޖެ

ކޮވިޑްގެ އާވައްތަރު އޮމިކްރޯން ރާއްޖެއިން ފެނިއްޖެ

ދުނިޔެއިން އަލަށް ފެނިގެން އުޅޭ ކޮވިޑް-19 ގެ އާވައްތަރު އޮމިކްރޯން ވޭރިއެންޓު ރާއްޖެއިން ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ރާއްޖެއިން އޮމިކްރޯން ވޭރިއަންޓް އަށް ފައްސިވެފައިވަނީ ފަތުރުވެރިއެއް ކަމަށެވެ. ނަމަވެސް އޭނާއަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއެ ކަމެއް އެޗްޕީއޭއިން ބުނެފައިނުވެއެވެ.

އޮމްރިކޮން އަށް ފައްސިވެފައިވާ ފަތުރުވެރިޔާ އަށް ޖެހިފައިވަނީ ކޮވިޑް-19 ގެ އޮމިކްރޮން ވޭރިއަންޓް ކަން އެނގުނީ އޭނާގެ ޖިއޮމިކް ސީކްއެންސް ޓެސްޓް ތަކުން ކަމަށާއި، އޭނާގެ ޓެސްޓް ހަދާފައިވަނީ ސުންކު އިންޑިއާ އަށް ފޮނުވައިގެން ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެޗްޕީއޭ އިން ވިދާޅުވީ އޮމިކްރޮން އަށް ރާއްޖެ އިން މީހަކު ފައްސިވުމާއި ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *