އިތުރު 116 މީހުން ކޮވިޑަށް ފައްސިވެއްޖެ

އިތުރު 116 މީހުން ކޮވިޑަށް ފައްސިވެއްޖެ

ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 116 މީހުން ރާއްޖެއިން ކޮވިޑަށް ފައްސިވެއްޖެއެވެ

މިއަދު ފައްސިވެފައިވަނީ، މާލެ އިން ފައްސިވި 25 މީހުންނާއި، އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވި 81 މީހުންގެ އިތުރުން ރިސޯޓްތަކުން 6 މީހުން އަދި ސަފާރީތަކުން 4 މީހުންނެވެ.

މިއަދު ކޮވިޑް-19 އަށް ޓެސްޓު ހަދާފައިވަނީ، 4179 މީހުންނެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 1739 އަށް އަރައެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން މިހާރުވެސް 19 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ކޮވިޑުން ރަނގަޅުވީ 105 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 92211 އަށް އަރައެވެ. އޭގެތެރެއިން 90205 މީހުން މިހާތަނަށް ކޮވިޑުން ރަނގަޅު ވެއްޖެއެވެ. ކޮވިޑް ޖެހިގެން 254 މީހަކު މިހާތަނަށް ރާއްޖެ އިން ނިޔާވެފައި ވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *