އިތުރު 143 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އިތުރު 143 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މިއަދު ރާއްޖެ އިން އިތުރު 143 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއަދު މާލެ އިން ޕޮޒިޓިވްވެފައިވަނީ 22 މީހުންނެވެ.  އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 117 މީހުން ޕޮޒިޓިވްވެފައިވެއެވެ. ރިސޯޓްތަކުން މިއަދު ޕޮޒިޓިވްވީ ހަތަރު މީހުންނެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 4383 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %3.26 މީހުން ކޮވިޑަށް ފައްސިވިއެވެ.

ފާއިތުވި ދެދުވަހު ކޮވިޑަށް ފައްސިވި މީހުންނަށްވުރެ ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު މަދެވެ. ކޮވިޑުން މިއަދު ރަނގަޅުވީ 100 މީހުންނެވެ. ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު މިހާރު ވަނީ އަނެއްކާވެސް އިތުރުވާން ފަށާފައެވެ. މިހާރު 1716 މީހުން ކޮވިޑް ޖެހިފައި އެބަތިއްބެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *