ޔާމީން ޖަލަށް ގެންދިއުމާމެދު ގޮތް ނުނިންމަން: ކަރެކްޝަން

ޔާމީން ޖަލަށް ގެންދިއުމާމެދު ގޮތް ނުނިންމަން: ކަރެކްޝަން

ޖަލު ހުކުމެއް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ހުންނެވީ މިވަގުތު ގޭބަންދަށް ބަދަލުކުރެވިފައެވެ. އެމަނިކުފާނު ގެއަށް ބަދަލުކުރެވިފައި ވަނީ ޖަލުތަކުގައި ކޮވިޑް-19 ފެތުރެން ފެށުމުން ޖަލުތަކުގައި ތިބި ހައިރިސްކު މީހުން ދެނެގަނެ ގެއަށް ބަދަލުކުރެވުނު މީހުންގެ ތެރޭގައި ހިމެނިވަޑައިގެންނެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ޔާމީން ޖަލު ބަންދަށް ގެންދިއުމާއި ގުޅޭގޮތުން އެއްވެސް ނިންމުމެއް ނިންމާފައިވޭތޯ ދެންނެވުމުން ސީޕީ މުހައްމަދުފުޅު ވިދާޅުވީ ޖަލުތަކުގައި ކޮވިޑް-19 ފެތުރެން ފެށުމުން ޖަލުތަކުގައި ތިބި ހައިރިސްކު މީހުން ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން ބަލި އިތުރަށް ބޮޑުވެދާނެ ކަމަށް ޑޮކްޓަރުން ލަފާ ދިން ގައިދީން ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީން ހިމެނިވަޑައިގަންނަވާހެން ޖުމްލަ 54 މީހަކު ގޭ ބަންދަށް ބަދަލުކުރި ކަމަށް ސީޕީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކުރި އެއްވެސް ގައިދީއަކު އަދި ޖަލަށް ގެންދިއުމާއި ގުޅޭގޮތުން ވަކި ގޮތްތަކެއް ކަނޑައަޅާފައިނުވާ ކަމަށެވެ. ނަމަވެސް އުސޫލުގެ ތެރެއިން އެ މީހުން މޮނިޓާ ކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ގޭ ބަންދަށް ބަދަލުކުރި މީހުންގެ ތެރެއިން ފާހަގަކުރެވުނު ފަސް މީހަކު އަލުން ޖަލު ބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުން ބަދަލުކުރި ވަކި ސަބަބެއް ވިދާޅެއް ނުވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް ހާލަތު އަދި މުޅީން ބަދަލެއް ނުވެއެވެ.

ރައީސް ޔާމީން މިހާރު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވައި، މަނީ ލޯންޑާކުރި ކަމަށް ބުނެ އުފުލި ދައުވާ ސާބިތުމުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *