އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ހަތިޔާރާ ނުލައި: ޑިފެންސް މިނިސްޓަރ

އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ހަތިޔާރާ ނުލައި: ޑިފެންސް މިނިސްޓަރ

އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ހަތިޔާރާ ނުލައިކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ހަތިޔާރާ ނުލައި ކަމަށެވެ. އަދި ސަރުކާރުން ހުއްދަ ލިބިގެން ނޫން ގޮތަކަށް ރާއްޖެއަށް ނުވެސް އާދެވޭނެ ކަމަށާއި، ރާއްޖޭގައި ތިބޭ މުއްދަތާއި، ކުރާ މަސައްކަތްތައް ވެސް ކަނޑައަޅާނީ ސަރުކާރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޑޯނިއަރ ފްލައިޓު ވެސް އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގެ ކޮމާންޑާއެކުކަމަށާއި ބަލި މީހުން އުފުލުމުގެ އޮޕަރޭޝަން ފަދަ ކަންކަމުގައި ޑޯނިއަރ ފްލައިޓު ބޭނުން ކޮށްގެން އިންޑިއާ ސިފައިންގެ އެހީގައި 250ށް ވުރެ ގިނަ މީހުން އެކި ޙާލަތްތަކުން ސަލާމަތްކޮށްދެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ޑޯނިއަރ ފަދަ މަތިންދާބޯޓެއް ބޭނުންކޮށްގެން ސަރވައިލެންސް އޮޕަރޭޝަންތައް ހިންގުމަކީ ޑްރަގް ޓްރެފިކިންގ ފަދަ މައްސަލަތައް ވެސް ހުއްޓުވުމަށް އެހީއަކަށްވ ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މިއިން ދުވަހަކު މަސްތުވާތަކެތި އަތުލައިނުގަނެވޭ މިންވަރަށް މިހާރު އަތުލައިގަނެވެމުންދާ ކަމަށެވެ. އަދި އަމިއްލަ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެކަމުގައި ވެސް ގޮންޖެހުންތައް ހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 2015 ވަނަ އަހަރު ސަރުކާރުން ޚިދުމަތަށް ނެރުނު ސީއެމްބިއުލާންސްތައް ވެސް މިއަދު ހުރީ ބޭނުން ނުކުރެވޭ ޙާލަތްތަކުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، ރާއްޖޭގެ ފައުޖުތައް ވަރުގަދަކޮށް، ނުފޫޒުން އެއްކިބާވެފައިވާ ޤައުމަކަށް ހެދުމަކީ ސަރަޙައްދީ ރައްކާތެރިކަމާއި އިންޑިއާ ކަނޑުގެ ރައްކާތެރިކަމަށް ވެސް މުހިއްމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަދު ޤައުމީ ސަލާމަތަށް ހުރި ނުރައްކާތައް މުޅިން ތަފާތުކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ޓެރަރިޒަމްގެ ނުރައްކާ ފަދަ ކަންކަން ރާއްޖެއަށް އޮތް މިންވަރު އަބަދުވެސް މޮނިޓަރ ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އެހެން ވިދާޅުވެފައިވާއިރު، 2019 ވަނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާގައި ފަތުރަމުން އަންނަ އިންޑިއާ އައުޓް ހޭޝްޓެގް ފަތުރަމުންދާ އައިޑީތަކުގެ ތެރެއިން ގިނައީ ފޭކް (ބޮޓް) އައިޑީތައްކަމަށް ބޭރުގެ ނޫސްތަކުން ވެސް ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން ގާތްގަނޑަކަށް 60،000 އެއްހާ ފަހަރު މި ހޭޝްޓެގް ޓްވިޓަރ ގައި ދައުރުކޮށްފައިވާއިރު، އެއީ 2000އެއްހާ އައިޑީން ކޮށްފައިވާ ޕޯސްޓުތައްކަން ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *