ފޮޓޯ: ރައީސް އޮފީސް

ކޮޕް26 އިނގިރޭސި ބޮޑުވަޒީރު ބޭއްވެވި ހާއްސަ ޙަފްލާގައި ރައީސް ބައިވެރިވެވަޑައިގެންފި

ކޮޕް26 އިނގިރޭސި ބޮޑުވަޒީރު ބޭއްވެވި ހާއްސަ ޙަފްލާގައި ރައީސް ބައިވެރިވެވަޑައިގެންފި

ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި އ.ދގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް ކޮޕް26ގެ ބައިވެރިވި ޤައުމުތަކުގެ ވެރިންގެ ޝަރަފުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ބޭއްވެވި ހާއްސަ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

މި ޙަފްލާ ކުރިއަށްދިޔައީ ސްކޮޓްލެންޑްގެ ގްލާސްގޯގައި ހުންނަ ކެލްވިންގްރޯވް އާޓް ގެލަރީ އެންޑް މިއުޒިއަމްގައެވެ.

ވީ.ވީ.އައި.ޕީ.ގެ މި ޚާއްޞަ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 120 އަށްވުރެ ގިނަ ޤައުމުތަކުގެ ސަރުކާރާއި ދަޢުލަތުގެ އިސްވެރިންނާ އެކު ބައިވެރިވެވަޑައިގަންނަވާފައެވެ. ކޮޕް26ގެ ބައްދަލުވުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންގެ ވާހަކަތައް ޙިއްޞާކުރުމަށް ލިބުން އަގުހުރި ފުރުޞަތެކެވެ.

ކޮޕް26 ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުވުމުގައި ބައިވެރިވާ ދުނިޔޭގެ ލީޑަރުންނަށް އެބޭފުޅުން ކުރައްވާ މަސައްކަތް އިތުރުކުރައްވައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އިތުރު އަހަންމިއްޔަތުކަމެއް ދީގެން އުންމީދީ ނިންމެވުންތައް ނިންމަވައި އެކަމުގައި އެބޭފުޅުންގެ ވާޖިބުއަދާކުރެއްވުމަށް ގޮވާލައްވާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *