އައްޑޫ ސިޓީގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފި

އައްޑޫ ސިޓީގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފި

އައްޑޫ ސިޓީގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ނައިބުރައީސް ފައިސަލް ނަސީމާއެކު އައްޑޫ ކައުންސިލުން ފުޅާ ދާއިރާގައި މަޝްވަރާކުރައްވައިފިއެވެ.

ނައިބްރައީސް ފައިސަލް އައްޑޫ ސިޓީ ކައުންސިލަށް ޒިޔާރަތް ކުރައްވައި، އައްޑޫ ސިޓީ ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައިވެއެވެ. ކައުންސިލަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި, ލާމަރުކަޒީ ނިޒާމާއެކު ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ބަދަލުވެގެންދާނީ ރައްޔިތުންނާ ގާތުން ދެވޭ ޚިދުމަތްތަކަކަށް ކަމުގައި ވިދާޅުވިއެވެ. އެގޮތުން ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެންހުރި ކަންތައްތައް ފާހަގަކޮށް އެކަންކަމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި، އައްޑޫ ސިޓީ ކައުންސިލަރުން ވަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެކި ދާއިރާތަކުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތައް ނައިބްރައީސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި އެ ކައުންސިލަށް ދިމާވެފައިވާ އިންސާނީ ވަސީލަތްތަކާއި ބަޖެޓުގެ ދަތިކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސަރުކާރުން އައްޑޫގައި ކުރިޔަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އުފެދިގެން އަންނަ ވަޒީފާތަކަށް ފުރުސަތު ދިނުމުގައި އައްޑޫއަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަންދިނުމަށް ކައުންސިލަރުން ދެންނެވިއެވެ.

މި ބައްދަލުވުމުގައި ނައިބްރައީސް ފައިސަލް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި އެދެވޭ ހައްލެއް ހޯދުމަށް ކަމާގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ވެރިންނާއިއެކު އިތުރު ބައްދަލުވުންތަކެއް ރާވައިގެން، އެ މައްސަލަތަކަށް ހައްލެއް ހޯއްދަވަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *