ލަންދޫ ބަނދަރުގެ 72 އިންސައްތަ މަސައްކަތް ނިމިއްޖެ

ލަންދޫ ބަނދަރުގެ 72 އިންސައްތަ މަސައްކަތް ނިމިއްޖެ

ނ. ލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 72 އިންސައްތަ ނިމިއްޖެއެވެ.

ލަންދޫ ބަނދަރުގެ ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް 25 އޮކްޓޯބަރ 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫޢުގެ ދަށުން، 227 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 1690 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، މޫރިންގް  ރިންގ ސަޕްލައިކޮށް ހަރުކުރުމާއި ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 32.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *