ޗައިނާ ސަފީރު ނަޝީދާ ބައްދަލުކުރައްވައިފި

ޗައިނާ ސަފީރު ނަޝީދާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދާ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގް ލިޒިން މިއަދު ބައްދަލުކުރައްވައިފި އެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ ޗައިނާ ސަފީރު ނަޝީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވާ ކަމަށެވެ. މި ޒިޔާރަތުގައި ސަފީރު ވަނީ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. ނަމަވެސް ދެ ބޭފުޅުން ދެއްކެވި ވާހަކައިގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ޗައިނާ ސަފީރުގެ މި ޒިޔާރަތުގައި ވަނީ މަޖިލީހުގެ ރައީސް ނައިބު ރައީސް އީވާ އަބްދުﷲ އާއި ވެސް ބައްދަލުކުރައްވާފައެވެ.

ޗައިނާއިން ރާއްޖެއަށް އާ ސަފީރެއް ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި ޖަންގް ލީ ޖޮންގްގެ ބަދަލުގައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *