މާލެއާއި ހުޅުމާލެ އިން މާދަމާ ހެނދުނު ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

މާލެއާއި ހުޅުމާލެ އިން މާދަމާ ހެނދުނު ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

މާލެއާއި ހުޅުމާލެއިން މާދަމާ ހެނދުނު ހަތަކުން އަށަކަށް ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ މާދަމާ އެ ކުންފުނީގެ ސިސްޓަމްތަކުގެ ޓެސްޓްތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެެއީ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިގެން ކުރިއަށް ގެންދާ ޓެސްޓްތަކެއް ކަމަށްވެސް ސްޓެލްކޯ އިން ބުނެ އެވެ.

މާލޭގެ ބޮޑު ބަޔަކުން މިދިޔަ ބުދަ ދުވަސް ކަރަންޓް ކެނޑިފައެވެ.

ސްޓެލްކޯ އިން މިހާރު މާލެއާއި ހުޅުމާލެއަށް ކަރަންޓް ދެނީ އެއް ވިއުގަ އަކުން ގުޅާލާފައިވާ ކަރަންޓް ކޭބަލަކުންނެވެ. ކަރަންޓް ވިއުގަ ގުޅާލުމުން މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ ސަރަހަށްދަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި މައި އިންޖީނުގެއެއްގެ ގޮތުގައި ބޭނުންކުރަނީ ހުޅުމާލޭގައި އަލަށް އިމާރާތް ކޮށްފައިވާ 50 މެގަވޮޓުގެ އާ އިންޖީނުގެ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *