ޖަލުގެ މައްސަލަ ހައްލުނުވެ އޮތުމަކީ އެމްޑީޕީގެ ފެއިލިއާއެއް: މީކާއިލް

ޖަލުގެ މައްސަލަ ހައްލުނުވެ އޮތުމަކީ އެމްޑީޕީގެ ފެއިލިއާއެއް: މީކާއިލް

އެމްޑީޕީ ވެރިކަމުގެ ހުރިހާ ބާރެއް އޮވެ، ޖަލުތަކުގައި ޝަރީއަތެއްނެތި ތިބި މީހުންގެ މައްސަލައާއި، ޖަލުތަކުގައި ދިމާވާ އެނޫން މައްސަލަތައް ވެސް ހައްލުނުވުމަކީ އެމްޑީޕީގެ ވެސް ފެއިލިއާ އެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މަޖިލީހަށް އިއްޔެ ހުށަހެޅުނު ޝަރީއަތް ނިމެންދެން ޖަލުގައި ވާނުވާ ނޭނގޭ ގޮތަށް ބަންދު ކޮށްފައިވާ މީހުންނަށް ލިބެންޖެހޭ ހައްގުތައް އެކަށީގެންވާ މިންވަރަށް ފޯރުކޮށް ދެމުން ނުދާ ކަމަށާއި ހުށަހެޅުނު މައްސަލައިގެ ބަހުސްގައި މީކާއިލް ވިދާޅުވީ އަނިޔާވެރިކަމާއި، އަނިޔާވެރި ވުމާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލީ އެމްޑީޕީން ކަމަށެވެ. އެމްޑީޕީން މިއަދު ވެރިކަމުގެ ހުރިހާ ބާރެއް އޮވެ މިފަދަ ކަންކަމަށް ހައްލު ނުގެނެވޭކަމީ އެމްޑީޕީގެ ވެސް ފެއިލިއާއެއްކަމަށް މީކާއިލް ވިދާޅުވިއެވެ.

ޖަލު ބަންދުކުރެވިފައިވާ އެތައް ސަތޭކަ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ބޭސްފަރުވާގެ ޚިދުމަތް އެކަށީގެންވާ މިންވަރަށް ފޯރު ކޮށްދެވެމުން ނުދާކަމަށް ސިރާޖުގެ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ. ޝަރީއަތް ނިމެންދެން ވާނުވާގައި ބަންދުކުރެވިފައިވާ އިސްމާޢީލް ޝަބީން މި މަހުގެ 6 ވަނަ ދުވަހު ނިޔާވެފައިވާއިރު، ޝަބީންގެ ބޭސްފަރުވާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި ސަލާންޖަހާފައިވާކަން ފެންނަންހުރި ލިޔެކިޔުންތަކުން އެނގޭކަމަށް ވެސް ސިރާޖު ވިދާޅުވެފައިވެއެވެ.

އެކި ކަހަލަ ކުށްތަކުގައި ހައްޔަރުކޮށްފައިވާ ކުށްވެރިން އެއްތަނެއްގައި ބެއިތިއްބުމުގެ ސަބަބުން އެކަމުގެ ނުރަނގަޅު އަސަރު އެ މީހުންނަށް ކުރަމުން އަންނަކަން މި މައްސަލައިގައި ވާހަކަދެއްކެވި މެމްބަރުން ފާހަގަކުރެއްވިއެވެ.

އަދި ޖަލު ބަންދުން ނުކުންނަ ބައެއް މީހުން ސިކުނޑިި ދޮވެ ހަނގުރާމައަށް ތައްޔާރުވެފައިވާކަން ފާހަގަކުރަައްވަމުން މެމްބަރުން ވިދާޅުވީ، މިއީވެސް ޖަލުގައި ހިނގަމުން އަންނަ ކަމެއް ކަމަށެވެ. މިކަންކަން މިހެން ނުހިނގާނެ ގޮތަށް ޖަލުގެ ސިސްޓަމަށް ބަދަލު ގެންނަން ޖެހޭ ކަަމަށް މެމްބަރުން ވިދާޅުވިއެވެ. އަދި މިހާރު ޖަލުގައި ވާނުވާ ބަންދުގައި ތިބި މީހުންގެ މައުލޫމާތު މަޖިލީހުގެ ކޮމިޓީއަކުން ސާފުކޮށް އެ މީހުން ބަންދުކޮށްފައި ތިބި ސަބަބު ހޯދަން ޖެހޭ ކަމަށް ވެސް މެމްބަރުން ވިދާޅުވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *