މިޔާމީ ޓްރޭޑާސްއިން ލޫނާ ކިރުގެ ޕްރޮމޯޝަނެއް ފަށައިފި

މިޔާމީ ޓްރޭޑާސްއިން ލޫނާ ކިރުގެ ޕްރޮމޯޝަނެއް ފަށައިފި

ނިއުޒީލޭންޑްގެ މަޝްހޫރު ހިކިކިރު ބްރޭންޑެއް ކަމަށްވާ "ލޫނާ" ގެ ހާއްސަ ޕްރޮމޯޝަނެއް މިޔާމީ ޓްރޭޑާސްއިން ފަށައިފިއެވެ.

މެދުއިރުމަތީގެ ކާބޯތަކެތި އުފައްދާ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ލޫނާ ބްރޭންޑްގެ ހިކިކިރުގެ ބާވަތްތަކަކީ ދިވެހިންގެ މެދުގައިވެސް ވަރަށް އާންމު ކިރެކެެވެ.

ލޫނާ ކިރުގެ ބާވަތްތަކުގައި ވިޓަމިން ޑީ ހިމެނޭއިރު، އެއީ ކެލްސިއަމް ފޯރުކޮށްދިނުމުގަ އާއި ހަށިގަނޑުގެ މެޓަބޮލިޒަމަށް ވަރަށް މުހިންމު މާއްދާއެކެވެ. އަދި ކުޑަކުދިންގެ ކަށި ވަރުގަދަ ކޮށްދިނުމަށް ވެސް ވިޓަމިން ޑީ ވަރަށް މުހިންމެވެ.

މިޔާމީ ޓްރޭޑާސް އިން މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ ދަށުން ލޫނާ ކިރުގެ ބާވަތްތައް 50ރ- 270ރ. އާ ދެމެދުގެ އަގުތަކުގައި ލިބެން ހުންނާނެއެވެ.

ޕްރޮމޯޝަނުގެ ދަށުން ލޫނާ ކިރު ވިއްކާ އަގުތައް:

– 400 ގްރާމް ދަޅު: 50ރ.

– 900 ގްރާމް ދަޅު: 110ރ.

– 1800 ގްރާމް ދަޅު: 210ރ.

– 2.5 ކިލޯ ގްރާމް ދަޅު: 270ރ.

– 900 ގްރާމް ޕެކެޓު: 105ރ.

– 2.25 ކިލޯ ގްރާމް ޕެކެޓު: 260ރ.

މި ޕްރޮމޯޝަން މާލެ އާއި ހުޅުމާލޭގައި ހުންނަ މިޔާމީ ޓްރޭޑާސްގެ ފިހާރަތަކުގައި ވެސް ކުރިއަށް ގެންދާނެ އެވެ. އެ ކުންފުނިން ވަނީ ވަރަށް ފަހުން މާލޭގައި އިތުރު ފިހާރައެއް ވެސް ހުޅުވައިފަ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *