ފާއިތުވި ޖުލައިމަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ އަގު މިދިޔަ އަހަރުގެ ޖުލައިމަހަށްވުރެ 48 އިންސައްތަ އިތުރު

ފާއިތުވި ޖުލައިމަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ އަގު މިދިޔަ އަހަރުގެ ޖުލައިމަހަށްވުރެ 48 އިންސައްތަ އިތުރު

ފާއިތުވި ޖުލައި މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ އަގު މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާ ބަލާއިރު 48 އިންސައްތަ އިތުރުވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު މިއަހަރުގެ ޖުލައި މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު އިމްޕޯޓު ކުރެވުނު މުދަލުގެ އަދު 48 އިންސައްތަ އިތުރުވެފައިވާ އިރު އެކްޕޯޓް ކުރެވުނު މުދަލުގެ އަގު ވަނީ 8 އިންސައްތަ އިތުރުވެފައެވެ.
އެގޮތުން ކަސްޓަމްސް އިން ބުނީ މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް 1.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވާއިރު، މިއަހަރުގެ ޖުލައިމަހު އެއަދަދު ވަނީ 2.8 މިލިއަން ރުފިޔާ އަށް އިތުރުވެފައި ކަމަށެވެ.
އަދި ފާއިތުވި ޖުލައި މަހު ކަސްޓަމްސް އިން ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 17 އިންސައްތަ ދަށްވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު 239 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ އިރު، މިއަހަރުގެ ޖުލައި މަހު މިއަދަދުވަނީ 242 މިލިއަންރުފިޔާއަށް ދަށްވެފައި ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.
ފާއިތުވި ޖުލައި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، ސިންގަޕޫރު އަދި އިންޑިއާއެވެ. ޗައިނާއިން 434 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ސިންގަޕޫރުން 348 މިލިއަން ރުފިޔާގެ މުދާ އަދި އިންޑިއާއިން 330 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.
އަގުގެ ގޮތުން އެންމެ ގިނައިން މުދާ އިމްޕޯޓު ކުރި ގައުމަކީ ޗައިނާއެވެ.
ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *