ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް ދޫކޮށްލައިފިއެވެ.
އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން ވަނީ ޖާބިރުގެ ޕާސްޕޯޓް ދޫކޮށްލާފައިވާކަން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި ޖާބިރުގެ ޕާސްޕޯޓް ދޫކޮށްފައިވަނީ އެއް މަސްދުވަހުގެ މުއްދަތަކަށް ކަމަށްވެސް ވިދާޅުވިއެވެ.
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން އާންމުވީ އަންގާރަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރުގެ ޕާސްޕޯޓް ހިފެހެއްޓީ މުވައްޒަފަކަށް ދޭންޖެހޭ ފައިސާގެ މައްސަލައެއްގައެވެ.

