ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކިނބިގަސްދޮށުގެ އަށް ގެއްލުންދިން މައްސަލަ ބަލަން ފަށައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކިނބިގަސްދޮށުގެ އަށް ގެއްލުންދިން މައްސަލަ ބަލަން ފަށައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނެގި ފައިސާ އަނބުރާ ނުދޭ ކަމަށް ބުނެ ކިނބިގަސްދޮށުގެ ކައިރިއަށް ވަޑައިގެން އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ކިނބިގަސްދޮށުގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ޖާބިރު ކިނބިގަސްދޮށުގެ ކައިރީގައި އަޑުގަދަ ކުރަމުން ވަނީ ރައީސް މައޫމޫން އޭނާގެ އަތުން ފައިސާ ނެންގެވީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަން ބަދަލުކުރުމަށްކަމަށާއި އަދި އެ ފައިސާ އަނބުރާ ދީފައިނުވާކަމަށް ވިދާޅުވެފައެވެ.

ރައީސް މައުމޫން ޖާބިރުގެ އަތުން ފައިސާ ނަގާ، އެ ފައިސާ އަނބުރާ ދީފައިނުވާކަމަށް ބުނެ އިހުތިޖާޖްކުރި އިރު އެފައިސާ ހޯދުމަށް ޖާބިރު ސިވިލް ކޯޓަށްވެސް މީގެ ކުރިން މައްސަލަ ހުށަހެޅިއެވެ. އަދި ސިވިލް ކޯޓުން ވަނީ ޖާބިރު ހުށަހެޅުއްވި ލިޔެކިޔުންތަކުން އޭނާ ވިދާޅުވާ މުއާމަލާތް ހިންގި ކަމުގެ ހެކި ނެތުމުން ޖާބިރު ހުށަހެޅި ދައުވާ ސާބިތު ނުވާކަމަށް ހުކުމް ކޮށްފައެވެ.

އިއްޔަ ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައިވެސް އެކަނި އިހުތިޖާޖު ކޮށްފައެވެ. ޖާބިރު އިއްޔެ އިހުތިޖާޖުކުރި ސަބަބެއް ސާފުނުވާއިރު އޭނާގެ ޕާސްޕޯޓްވެސް އޮތީ ހިފަހައްޓާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *