މާރާމާރިއެއްގެ މައްސަލައެއްގައި ފުޓުބޯޅަ ކުޅުންތެރިޔާ މުއްކި ހައްޔަރުކޮށްފި

މާރާމާރިއެއްގެ މައްސަލައެއްގައި ފުޓުބޯޅަ ކުޅުންތެރިޔާ މުއްކި ހައްޔަރުކޮށްފި

މާރާމާރީއެއްގެ މައްސަލައެއްގައި ފުޓުބޯޅަ ކުޅުންތެރިޔާ އިބްރާހީމް މުބީން އަހުމަދު ރަޝީދު (މުއްކި) ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނހާ ހައްޔަރުކޮށްފައިވަނީ، މާފުށީގައި ހިންގި މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން އެރަށުންނެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 31 ވަނަދުވަހު މާފުށީގައި މާރާމާރީއެއް ހިނގާފައިވާ މައްސަލައެއް އެރޭގެ ދަންވަރު 1:10 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާގެ ބަންދަް 10 ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މުއްކިއަކީ ފުޓުބޯޅަ އަދި ފުޓްސަލްގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ ކުރިން ގައުމީ ޓީމަށްވެސް ކުޅެފައެވެ. ކްލަބު އީގަލްސްއާއެކު ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައި، އެ ކްލަބާއެކު ޕްރެސިޑެންޓްސް ކަޕްވެސް ކާމިޔާބުކުރި މުއްކި މިހާުރު ހުރީ އީގަލްސް ކުޅުންތެރިއެެއްގެ ގޮތުގައެއް ނޫނެވެ. އޭނާ މިހާރު ކެރިއަރުގައި ބޮޑަށް ފާހަގަކުރެވެނީ ފުޓްސަލް ކުޅުންތެރިއެއްގެ ގޮތުގައެވެ. ހާއްސަކޮށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑެތި ފުޓްސަލް މުބާރާތްތަކުން މުއްކި ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *