މުއިއްޒުއަށް ވަކީލަކު އައްޔަނު ކުރަން 10 ދުވަހުގެ ފުރުސަތެއް

މުއިއްޒުއަށް ވަކީލަކު އައްޔަނު ކުރަން 10 ދުވަހުގެ ފުރުސަތެއް

ދޮގު ބަޔާން ދިންކަމަށް ތުހުމަތުކޮށް މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު މުއިއްޒުއަށް ދީފިއެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައިި، ނެދަލޭންޑްސްގައިި ހުންނަ އާބިޓްރޭޝަންގައި ދޮޮގު ބަޔާނެއް ދެއްވި ކަމަށްބުނެ ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް މިއަދު ފަށާފައިވާއިރު ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މުއިއްޒު ވަނީ ވަކީލެއްގެ ހާޒިރުގައި ނޫންގޮތަކަށް އެއްވެސް ކަމަކާ ގުޅޭގޮތުން ޖަވާބު ދިނުމަށް ދަތިކަމަށް ވިދާޅުވެފައެވެ.

އެގޮތުން މައްސަލައާ ގުޅޭ ލިޔެކިޔުންތައް ލިބިފައިވާތޯ ސުވާލުކުރުމުން މުއިއްޒު ވަނީ ލިޔެކިޔުންތަކެއް ލިބިފައިވާކަމަށާއި، އަދި އެއީ ހުރިހާ ލިޔެކިޔުމެއްތޯ އެނގޭނީ ވަކީލަކު ލިބިގެން އެކަމަށް ބެލުމުން ކަމަށެވެ. މީގެ އިތުރުންވެސް ޝަރީއަތުން ބައެއްކަންކަމާ ގުޅޭގޮތުން ސުވާލު ކުރުމުން މުއިއްޒުވަނީ ވަކީލެއްގެ ހާޒިރުގައި ނޫންގޮތަަކަށް ޖަވާބު ދިނުމަށް ދަތިކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ ސޮއްފަތު ހަބީބް ވަނީ މުއިއްޒުއަށް ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަހުގެ ފުރުސަތެއް ދެއްވާފައެވެ.

މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ޖޫން 14 ވަނަ ދުވަހުއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *