ކޮވިޑް-19 އާއި ގުޅިގެން ރ. އުނގޫފާރަށް އަރާ ފޭބުން މަނާކޮށްފިއެވެ.
އެޗްޕީއޭ އިން އުނގޫފާރު މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ އެ ރަށުން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެގޮތުން ބަލަންޖެހޭ ކަންކަން ނިމެންދެން އެ ރަށަށް އަރާ ފޭބުން މަނާވާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ކޮވިޑްގެ ކޭސްތަކާ ގުޅިގެން ރާއްޖޭގެ 14 ރަށެއް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.
ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި 2000 އަށް ވުރެ ގިނަ ކޭސް އުޅޭއިރު، އޭގެތެރެއިން 19 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

