ކޮވިޑް-19އަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 86 މީހުން

ކޮވިޑް-19އަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 86 މީހުން

ރާއްޖެއިން އިތުރު 86 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކުރެއްވި ތަފާސްހިސާބުތައް ދައްކާގޮތުގައި ވޭތުވެ މިދިޔަ 24 ގަޑި އިރުތެރޭ ރާއްޖެއިން 86 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 77،633 އަށް އަރައިފި އެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 31 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 37 މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވި 18 މީހެކެވެ.

މިހާތަނަށް ރާއްޖޭގައި 74،928 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. އަދި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،472 މީހުންނެވެ. އަދި ވޭތުވެ މިދިޔަ 24 ގަޑި އިރުތެރޭ ހެދީ 5،653 ކޮވިޑް ޓެސްޓެވެ. ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 221 މީހުން ވަނީ ނިޔާވެފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިދުވަސްވަރު ދަށަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ދަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ. އަދި ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ކޮންމެވެސްވަރަކަށް ވަނީ ދަށްވެފައެވެ. މިއާއެކު މިއަދު ވަނީ މާލެ ސަރަހައްދުގެ ކާފިއު އުވާލާ ބޮޑެތި ލުއިތަކެއްދޭން ނިންމާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *