ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވޭ ޓީޗަރުގެ ސަސްޕެންޝަން އުވާލައިފި

ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވޭ ޓީޗަރުގެ ސަސްޕެންޝަން އުވާލައިފި

ކިޔަވައިދޭ ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވިފައިވާ، މަޑުއްވަރީ ސްކޫލްގެ ޓީޗަރުގެ ސަސްޕެންޝަން އުވާލައި އަލުން ވަޒީފާއަށް ނިކުތުމުގެ ހުއްދަ ދީފި ކަމަށް އެޓީޗަރު ބުނެފިއެވެ.

މިމައްސަލައިގައި ތުހުމަތު ކުރި ޓީޗަރަކީ މުއީން ހަސަންއެވެ. މިމައްސަލަ މިއަހަރުގެ އެޕްރީލް މަހުގައި ފެންމަތިވުމުން އެޑިއުކޭޝަނުން ވަނީ އެމައްސަލަ ބަލައި ނިމެންދެން އޭނާ ސަސްޕެންޑް ކޮށްފައެވެ. ތިންމަސް ދުވަހުގެ ސަސްޕެންޝަނަކަށްފަހު އޭނާގެ ސަސްޕެންޝަން އުވާލާފައިވަނީ މިދިޔަ މަހު ކަމަށްވެސް މުއީން ބުނެއެވެ.

މުއީން ބުނީ މިހާރު އޭނާގެ ސަސްޕެންޝަން އުވާލައި ސްކޫލް މަސައްކަތަށް އަލުން ނިކުތުމުގެ ހުއްދަ ދީފައިވާ ކަމަށާއި އެހެން ކަމުން މިއަހަރުގެ ދިރާސީ އާއަހަރުގައި އޭނާ ކިޔަވައިދިނުމަށް ނިކުންނަށް ތައްޔާރުވެފައިވާ ކަމަށެވެ.

"މިދިޔަ މަހުން ފެށިގެން ސަސްޕެންޝަން އުވާލީ. އެހެންވީމަ ކިޔެވުން ފެށުނީމަ ކިޔަވައިދޭން ނިކުމެވޭ ގޮތަށް އަދި ހުއްދަ ދީފަ އޮތީ" އޭނާ ބުންޏެވެ.

މުއީން ބުނީ އޭނާ އަށް ކުރާ ތުހުމަތަކީ ދޮގު ތުހުމަތެއް ކަމަށާއި އޭނާ އަކީ އެފަދަ ކަމެއް ކުރާނެ މީހެއް ނޫން ކަމަށެވެ. މައްސަލަ ކުރިއަށްދާ ކަމެއްވެސް ނޭނގޭ ކަމަށާއި މިހާތަނަށް ފުލުހުން އޭނާއާ އެއްވެސް ސުވާލެއް ވެސް ކޮށްފައި ނުވާ ކަމަށެވެ.

މަޑުއްވަރީން ވާހަކަ ދެއްކި ބައެއް މީހުން ބުނީ މިއީ ހިނގި ކަމެއް ކަމަށެވެ. އަދި އަނެއްބަޔަކު ބުނަނީ މިއީ މުއީން ބަދުނާމު ކުރުމަށާއި ޒާތީ ހަސަދައެއް ފިލުވައިލުމަށް ބަޔަކު އަޑީގައި ތިބެގެން ކުރާ ކަމެއް ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *