ކޮވިޑް19 އިން ރައްކާތެރިވުމަށް ވެކްސިން ނުޖަހާ ފަރާތްތައް ރާއްޖޭގެ ސްކޫލޫތަކަށް ވަނުން މަނާކޮށްފި އެވެ.
ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތައް ސްކޫލުތަކަށް ވެދެ ނިކުތުން މަނާކުރިކަން އިއުލާން ކުރީ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރެއްވި ބަޔާނެއްގައެވެ. މި ބަޔާނުގައި ބުނެފައިވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދިވެހި ރާއްޖޭގެ ސްކޫލުތަކަށް ވަދެ ނިކުތުމުގެ ހުއްދަ ދެވޭނީ ކޮވިޑް19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ.
އެޑިއުކޭޝަނުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މި ބަދަލަކީ ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ރައްކާތެރިން ޔަގީން ކުރުމުގެ އިތުރުން ސްކޫލުތަކުގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.
ސްކޫލު ބަންދަށްފަހު ފަހުން ކިޔެވުން ފެށުމަށް ތައްޔާރުވަމުން އަންނައިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކުގައި މައްސައްކަތް ކުރާ ހުރިހާ ޓީޗަރުން ވެސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމަށް އަންގާފައެވެ.

