ކުރީގެ ރައީސް އަބްދުﷲ ޔާމީން މަރު ކޮމިޝަނަށް ހާޒިރުކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މަރު ކޮމިޝަނަށް ހާޒިރުކުރަނީ

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހާޒިރުވުމަށް އަންގައިފިއެވެ.

ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަހުގެ ތިންވަނަ ދުވަހު މަރު ކޮމިޝަނަށް ހާޒިރުވުމަށް ޔާމީނަށް އަންގާފައިވާ ކަމަށެވެ. އަދި މި ސަރުކާރުގެ ނިޔަތް އޮތީ އެކި ގޮތްގޮތުން ޔާމީނަށް އަނިޔާވެރިވުމަށް ކަމަށާއި މަރު ކޮމިޝަން ވެސް ހޭލާފައިމިވަނީ ކުއްލިއަކަށް ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

"ކޮމިޝަން ފެއިލުވެ ރައްޔިތުން ސުވާލުކުރަން ފެށީމާ މިމީހުން ވެސް އައްޑަނައަކަށް މި ހަދަނީ ރައީސް ޔާމީން" ޖަމީލު ވިދާޅުވިއެވެ.

ޔާމީން މަރު ކޮމިޝަނަށް ހާޒިރުކުރަނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެނގިފައެއް ނުވެއެވެ.

މަރު ކޮމިޝަނަށް ޔާމީން ހާޒިރުކުރާއިރު ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ޔާމީންގެ މައްޗަށް އުފުލާފައިވާ އާ ދެ ދައުވާގެ ޝަރީއަތް މިއަދު ވަނީ އަލުން ފަށާފައެވެ. އެއީ ރ.ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާއެވެ.

ޖަލުގައި ކޮވިޑް-19 ފެތުރެމުންދާތީ ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *