ހުޅުމާލެ ވެކްސިން ސެންޓަރު ހުޅުމާލެ ހޮސްޕިޓަލަށް ބަދަލުކޮށްފި

ހުޅުމާލެ ވެކްސިން ސެންޓަރު ހުޅުމާލެ ހޮސްޕިޓަލަށް ބަދަލުކޮށްފި

ހުޅުމާލެ ވެކްސިން ސެންޓަރު ހުޅުމާލެ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި މީގެ ކުރިން ވެސް ވެކްސިން ހިދުމަތް ދީފައިވާއިރު، އެ ހިދުމަތް ހުއްޓާލީ ކޮވިޑް ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، ކޮވިޑް ބަލި މީހުންނަށް ހާއްސަ ހޮސްޕިޓަލަކަށް ހުޅުމާލެ ހޮސްޕިޓަލް ހެދުމާ ގުޅިގެންނެވެ.

ހުޅުމާލެ ވެކްސިން ސެންޓަރު ހުޅުމާލެ ހޮސްޕިޓަލަށް އަލުން ބަދަލުކުރަން ނިންމާފައިވާއިރު، މާލެ ސަރަހައްދުގައި އެސްޓްރާޒެނެކާ ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ. އެ ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުން ޖެހޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓުމެންޓު ހައްދާށެވެ.

އެ ޕޯޓަލް މެދުވެރިކޮށް ވެކްސިންޖަހަން ދާން ބޭނުންވާ ދުވަހާއި ވަގުތު އިޚުތިޔާރުކުރެވޭނެއެވެ. އެއިރުން އެޕޮއިންޓުމެންޓު ލިބުނު ކަން ޔަޤީންކޮށްދޭ މެސެޖެއް ލިބޭނެއެވެ. ޕޯޓަލް މެދުވެރިކޮށް މިގޮތަށް އެޕޮއިންޓުމެންޓު ހެއްދުމުގައި ދަތިތަކެއް ކުރިމަތިވާ ފަރާތްތަކުން 1676 ނަންބަރަށް ގުޅުމުން އެހީތެރިކަން ލިބޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮވިޝީލްޑް ވެކްސިނުގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދެވަނަ ޑޯޒް ނުޖަހައި ތިބި ފަރާތްތަކަށް ދެވަނަ ޑޯޒްގެ ގޮތުގައި އެސްޓްރާޒެނެކާ ވެކްސިން ޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

ސޯޝަލް ސެންޓަރު އިސްލާމިކް ސެންޓަރު، އާޓް ގެލެރީ، ދަމަނަވެށި، ވިލިމާލެ ޔޫތު ސެންޓަރު އަދި ހުޅުމާލެ ހޮސްޕިޓަލުގައި އެސްޓްރާޒެނެކާ ވެކްސިން ޖަހައިދޭނެއެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ވެކްސިން ޖަހާނީ ހެނދުނު 9.00 އިން ފެށިގެން ހަވީރު 5.00 އަށެވެ. އަދި އެހެން މަރުކަޒުތަކުގައި ވެކްސިން ޖަހައިދޭނީ ހެނދުނު 9.00 އިން ފެށިގެން ހަވީރު 4.00 އަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *