ތެޔޮ ބަރުކޮށްގެން ދަތުރުކުރި ބާޖެއް ށ.ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރުމާ ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި ގިނަ އަދަދަކަށް ޑީސަލާއި ޕެޓްރޯލް ބަރުކޮށްގެން ދިޔަ ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ "މެކުނު" ނަމަކަށް ކިޔާ ބާޖު ފަރަށް އެރި ކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 6:59އެއްގައި ކަމަށެވެ. މިމަޢުުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަރން އޭރިޔާގެ ކޯސްޓް ގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.
މިތެޔޮ ބާޖުން 5 މީހުން ދަތުރުކުރި ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

