ޔާމީނާއި ވަކިވެވުނީތީ ހިތާމަކުރަން، އެއީ ހެދުނު ބޮޑު ގޯހެއް: މުހައްމާ

ޔާމީނާއި ވަކިވެވުނީތީ ހިތާމަކުރަން، އެއީ ހެދުނު ބޮޑު ގޯހެއް: މުހައްމާ

އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ވަކިވުމަކީ ހެދުނު ބޮޑު ގޯހެއް ކަމަށެއެވެ.

އިހަވަންދޫ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ (ޖޭޕީ) ޓިކެޓުގައި ހޮވުނު މުހައްމާ ވަނީ މަޖިލީހަށް އިންތިހާބުވިތާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ޖޭޕީ ދޫކުރައްވައި ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. މުހައްމާ ދެން ފެނިފައިވަނީ އެމްޑީޕީންނެވެ. ނަމަވެސް މިދިޔަ މަޖިލިސް އިންތިހާބުގެ އެމްޑީޕީގެ ޕްރިމަރީގައި މުހައްމާ އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

މުހައްމާ ވަނީ ރޭ އަލުން ޕީޕީއެމް އަށް ސޮއިކުރައްވާފައެވެ. އަދި ރޭ ބޭއްވި އިވެންޓެއްގައި އޭނާ ވިދާޅުވީ ޔާމީނާއި ވަކިވެވުނީތީ ހިތާމަކުރާ ކަމަށާއި އެއީ އޭނާ އަށް ހެދުނު ބޮޑު ގޯހެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ޕީޕީއެމް އިން ވަކިވިއިރު ތި ހަދަނީ ގޯހެއް ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު އޭނާ ގާތު ވިދާޅުވި ކަމަށާއި ހަގީގަތުގައި ވެސް ހެދުނީ ބޮޑު ގޯހެއް ކަމަށް މުހައްމާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ މަންމަ، އާއިލާގެ ބޭފުޅުންގެ ވެސް ހަގީގަތުގައި ފިކުރަކީ މި ފިކުރު. މިއީ ދީން ހިމާޔަތްކޮށްދޭނެ ފިކުރަކީ" މުހައްމާ ވިދާޅުވިއެވެ.

އަދި ޕީޕީއެމް އަށް އަންނަން ވެސް މާ ލަސްވެއްޖެ ކަމަށާއި އެގޮތުން ޔާމީން ވެރިކަމަށް ގެންނަން ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް މުހައްމާ ރޭ ވަނީ އަރުވާފައެވެ.

މުހައްމާގެ އިތުރުން އެމްޑީޕީގެ ކުރީގެ ބައެއް އާންމު މެމްބަރުންތަކެއް ވެސް ރޭ ވަނީ ޕީޕީއެމް އަށް ސޮއިކޮށްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *